ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚް ވެރިކަމުގެ ހުވާކުރެއްވިތާ 1 އަހަރު ފުރުނުއިރު މާލީ ދާއިރާއަށްވެސް ވަނީ އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައެވެ. އެގޮތުން ފާއިތުވެދިޔަ 1 އަހަރުގެ ތެރޭގައި ކުރެވިފައިވާ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ އިތުބާރު ހިފޭ ނިޒާމަކަށް ބޭނުންވާނެ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލާ އަމަލު ކުރަން ވަނީ ފެށިފައެވެ.